ތަޢާރަފް: މީ މިނިވަންކަމާއިއެކު ވަކިވަރާތަކަށް ނުޖެހި ހިޔާލުފާޅުކުރާ ބްލޮގެއްކެވެ.
މަޤްޞަދު: ކަންކައް އިސްލާޙްކުރުން

Friday, November 7, 2008

ލޮބުވެތި ޒައީމަށް ރޮވިއްޖެ







ދެންހުއްޓާލަ...!! ރޯންވީ ސަބަބެއްނެތް....
ދިވެހިރާއްޖެ މިއަދުމިދެކޭ ތަރައްގީއާއި ކުރިއެރުމުގެ ފަހަތުގައިވަނީ މައުމޫނު.
އެހެނަސް ތަރައްގީ މިފެންނަނީ ހަމަ އެކަނިޕްރައިވެޓްސެކްޓައިން.
އިމާރާތް ތަކާއި ވިޔަފާރި އަދި ދަތުރުފަތުރު ކުރިއަރާފައިވާފައިވަނީ އަމިއްލަފަރުދުން.
ސަރުކާރުން ފުއްދަދޭންޖެހޭ އަ
ސާސީ ޙިދުމަތްތަކުގެ ފެންވަރު ވަރަށް ދަށް.
ޕަބްލިކްސާރވިސްގެތެރޭން ޕަބްލިކް ޓް
ރާސްޕޯރޓް އަދި ސިއްހީޙިދުމަތާއި މަތީތައުލީމްގެ ފުރުސަތު ވަރައްމަދު.
ސަރުކާރުގެ ހިންގުންތެރިކަމުގެ ފެންވަރު ވަރަށް ދަށް.
ޒަމާނީ ޓެކްނޮލޮޖީއާއި ސަރުކާރުގެ ހިންގުމުގެ ނިޒާމާ ވަރަށް ބީރައްޓެހި.

އެވަރުންވެސް އަދިވެސް ރޯންވީތަ..؟؟؟؟
އަދިވެސް ވެރިކަންތަ ބޭނުމީ...؟؟
ނޫނީ ދިވެހިން
ނަށް ހެޔޮގޮތެއްވާންތަ..؟؟؟


Thursday, November 6, 2008

އަންނިއާއި މައުމޫނާ ހުރީ ކޮންތަފާތެއް..؟؟



ރާއްޖެއައް އައިބޮޑުއިންގިލާބަކައްފަހު މިހާރު މިވަނީ ދިވެހިންބޭނުންވި ބަދަލުގެނެވިފައެވެ. ތިރީސްއަހަރުވާން ދެން ވެރިކަންކުރި ހުދުމުޙުތާރުވެރިޔާ މިއަދުވަނީ އޭނާގެ ތިރީސްއަހަރުވީ ގެދޮރާ ބަނޑުއަޅާފައިވާމުދަލުންބައެއް ދޫކޮއްދާންޖެހިފައެވެ.

މިކަން މިހެންވީއިރު މިހާއާދިވެހިރާއްޖެ ތައްޔާރުކުރަން އަންނި ވަނީ އޭނާގެ އާސަރުކާރު އެކުލަވާލަންވެސް ފަށާފައެވެ. ދިވެހިންގެ ފޮނި އުންމީދުތައް ވަރައްބޮޑެވެ. އަންނިވެފައިވާ ވައުދުތަކާ އޭނާއަމިއްލަފުޅަށް ކުރައްވާފައިވާ ވޭންދެނި ވިތަޖުރިބާގެ އަލީގައެވެ.

ނަމަވެސް އިސްލާހަކަށް އަމާޒުކޮށްގެން އަންނި އެކުލަވާލަމުންދާސަރުކާރުގައި މައުމޫނާ ވަކި ތަފާތެއްނެތެވެ.
މިނިސްޓަރުން އައްޔަންކުރަމުންދަނީ މައުމޫނެކޭވެސް އެއްފަދައިން ކަމާގުޅުން ނުހުންނަ މީހުންނެވެ. އެމީހަކައް ލިބިފައުވާ އިލްމާއި، ހުނަރާއި، ތަޖުރިބާއަކަށް ނުބަލައެވެ. އެމީހެއްގެ ޤާބިލުކަމަކައްވެސް ނުބަލައެވެ. މައުމޫނުގެސަރުކާރުން ފެނުންފަދައިން މަސްވެރިއަކު މިނިސްޓްރީއޮފް ޑިފެންގެ ޑިރެކްޓަރ ގެނެރަލްކަމަށް ލީފަދައިން އަންނިވަނީ ދަތުގެ ޑޮކްޓަރަކު ފިޝަރީޒް އެންޑް އެގްރިކަލްޗަރ އައްލާފައެވެ.

ދެއްމިހެންބުނީމާ ބުނާނީ އެއީ އަދި ރަސްމީކޮއް އިއުލާންކުރި މިނިސްޓަރުންގެ ލިސްޓެއްނޫނޭ ތޯއެވެ.؟ މިއަދުވަނީ އޭނާ އެމިނިސްޓްރީއަށް ޒިޔާރާތްވެސް ކޮއްފައެވެ. ވިމާ މީނާ ހަމަ މަހުގެ ދަތައްފަރުވާދޭން އެތަނަށް އިސްކުރީއެވެ. އަދި އެގްރިކަލްޗަރގަ ދަތްހުރިގަހެއްވެސް ހުރީކީ ނޫނެވެ.
ވެރިކަން ލިބުނީމާ ވިސްނަންވީ ތިމައާއާގުޅުން ހުރި ތިމާގެ ޕާރޓީ މީހުން ތަންތަނަށްވައްދާކަށް ނޫނެވެ. ކަމައްޤާބިލު ރައްއިތުންނަށް ފައިދާހުރި ކަންތަކެއްކޮށްދެވެނޭ، މަސައްކަތާ ގުޅުންހުރި މީހުން ވެރިންނަށް ލުމަށެވެ.

މައުމޫނުގެ ސަރުކާރުގައިވެސް ވަރައް ހިނގުންތެރި ކުޅަދާނަ މީހުން އެބަތިއްބެވެ. އެމިހުންނައްވެސް ފުރުސަތު ދެމާހެއްޔެވެ. ގޮޅާބެގެ މެޖޯރިޓިގައި ކަމާނުގުޅޭ ގަޅި މީހުން ތިބިކަންވެން އިނގެއެވެ. އެކަމަކު ވެރިން އިސްކުރުމުގައި މިވެސް ވިސްނާލަން ވީ ކަމެއްކަން ހަނދާންކުރައްވާށެވެ.

އަޅުގަނޑުމެންނައް އަދިފެނިގެން މިދަނީމާ ރަނގަޅު މަންޒަރުތަކެއްނޫނެވެ. އިއްތިހާދުގައި ދެބަސްވުންއުފެދެން ފަށައިފިއެވެ. އަދިމިއުޅެނީ ހުވާނުކުރެވިއެވެ.

މިކަންކަމައްވިސްނާވަޑައިގެން ސަރުކާރު އެކުލަވާލުމަށް ގިވާލަމެވެ. ނޫނީ އަނެއްކާވެސް ދެވަނަ ގޮޅާބޯއެއް ގެ އަޑު އިވިގެންދާކަށް މާލަހެއްނުވ