ތަޢާރަފް: މީ މިނިވަންކަމާއިއެކު ވަކިވަރާތަކަށް ނުޖެހި ހިޔާލުފާޅުކުރާ ބްލޮގެއްކެވެ.
މަޤްޞަދު: ކަންކައް އިސްލާޙްކުރުން

Friday, November 7, 2008

ލޮބުވެތި ޒައީމަށް ރޮވިއްޖެ







ދެންހުއްޓާލަ...!! ރޯންވީ ސަބަބެއްނެތް....
ދިވެހިރާއްޖެ މިއަދުމިދެކޭ ތަރައްގީއާއި ކުރިއެރުމުގެ ފަހަތުގައިވަނީ މައުމޫނު.
އެހެނަސް ތަރައްގީ މިފެންނަނީ ހަމަ އެކަނިޕްރައިވެޓްސެކްޓައިން.
އިމާރާތް ތަކާއި ވިޔަފާރި އަދި ދަތުރުފަތުރު ކުރިއަރާފައިވާފައިވަނީ އަމިއްލަފަރުދުން.
ސަރުކާރުން ފުއްދަދޭންޖެހޭ އަ
ސާސީ ޙިދުމަތްތަކުގެ ފެންވަރު ވަރަށް ދަށް.
ޕަބްލިކްސާރވިސްގެތެރޭން ޕަބްލިކް ޓް
ރާސްޕޯރޓް އަދި ސިއްހީޙިދުމަތާއި މަތީތައުލީމްގެ ފުރުސަތު ވަރައްމަދު.
ސަރުކާރުގެ ހިންގުންތެރިކަމުގެ ފެންވަރު ވަރަށް ދަށް.
ޒަމާނީ ޓެކްނޮލޮޖީއާއި ސަރުކާރުގެ ހިންގުމުގެ ނިޒާމާ ވަރަށް ބީރައްޓެހި.

އެވަރުންވެސް އަދިވެސް ރޯންވީތަ..؟؟؟؟
އަދިވެސް ވެރިކަންތަ ބޭނުމީ...؟؟
ނޫނީ ދިވެހިން
ނަށް ހެޔޮގޮތެއްވާންތަ..؟؟؟


Thursday, November 6, 2008

އަންނިއާއި މައުމޫނާ ހުރީ ކޮންތަފާތެއް..؟؟



ރާއްޖެއައް އައިބޮޑުއިންގިލާބަކައްފަހު މިހާރު މިވަނީ ދިވެހިންބޭނުންވި ބަދަލުގެނެވިފައެވެ. ތިރީސްއަހަރުވާން ދެން ވެރިކަންކުރި ހުދުމުޙުތާރުވެރިޔާ މިއަދުވަނީ އޭނާގެ ތިރީސްއަހަރުވީ ގެދޮރާ ބަނޑުއަޅާފައިވާމުދަލުންބައެއް ދޫކޮއްދާންޖެހިފައެވެ.

މިކަން މިހެންވީއިރު މިހާއާދިވެހިރާއްޖެ ތައްޔާރުކުރަން އަންނި ވަނީ އޭނާގެ އާސަރުކާރު އެކުލަވާލަންވެސް ފަށާފައެވެ. ދިވެހިންގެ ފޮނި އުންމީދުތައް ވަރައްބޮޑެވެ. އަންނިވެފައިވާ ވައުދުތަކާ އޭނާއަމިއްލަފުޅަށް ކުރައްވާފައިވާ ވޭންދެނި ވިތަޖުރިބާގެ އަލީގައެވެ.

ނަމަވެސް އިސްލާހަކަށް އަމާޒުކޮށްގެން އަންނި އެކުލަވާލަމުންދާސަރުކާރުގައި މައުމޫނާ ވަކި ތަފާތެއްނެތެވެ.
މިނިސްޓަރުން އައްޔަންކުރަމުންދަނީ މައުމޫނެކޭވެސް އެއްފަދައިން ކަމާގުޅުން ނުހުންނަ މީހުންނެވެ. އެމީހަކައް ލިބިފައުވާ އިލްމާއި، ހުނަރާއި، ތަޖުރިބާއަކަށް ނުބަލައެވެ. އެމީހެއްގެ ޤާބިލުކަމަކައްވެސް ނުބަލައެވެ. މައުމޫނުގެސަރުކާރުން ފެނުންފަދައިން މަސްވެރިއަކު މިނިސްޓްރީއޮފް ޑިފެންގެ ޑިރެކްޓަރ ގެނެރަލްކަމަށް ލީފަދައިން އަންނިވަނީ ދަތުގެ ޑޮކްޓަރަކު ފިޝަރީޒް އެންޑް އެގްރިކަލްޗަރ އައްލާފައެވެ.

ދެއްމިހެންބުނީމާ ބުނާނީ އެއީ އަދި ރަސްމީކޮއް އިއުލާންކުރި މިނިސްޓަރުންގެ ލިސްޓެއްނޫނޭ ތޯއެވެ.؟ މިއަދުވަނީ އޭނާ އެމިނިސްޓްރީއަށް ޒިޔާރާތްވެސް ކޮއްފައެވެ. ވިމާ މީނާ ހަމަ މަހުގެ ދަތައްފަރުވާދޭން އެތަނަށް އިސްކުރީއެވެ. އަދި އެގްރިކަލްޗަރގަ ދަތްހުރިގަހެއްވެސް ހުރީކީ ނޫނެވެ.
ވެރިކަން ލިބުނީމާ ވިސްނަންވީ ތިމައާއާގުޅުން ހުރި ތިމާގެ ޕާރޓީ މީހުން ތަންތަނަށްވައްދާކަށް ނޫނެވެ. ކަމައްޤާބިލު ރައްއިތުންނަށް ފައިދާހުރި ކަންތަކެއްކޮށްދެވެނޭ، މަސައްކަތާ ގުޅުންހުރި މީހުން ވެރިންނަށް ލުމަށެވެ.

މައުމޫނުގެ ސަރުކާރުގައިވެސް ވަރައް ހިނގުންތެރި ކުޅަދާނަ މީހުން އެބަތިއްބެވެ. އެމިހުންނައްވެސް ފުރުސަތު ދެމާހެއްޔެވެ. ގޮޅާބެގެ މެޖޯރިޓިގައި ކަމާނުގުޅޭ ގަޅި މީހުން ތިބިކަންވެން އިނގެއެވެ. އެކަމަކު ވެރިން އިސްކުރުމުގައި މިވެސް ވިސްނާލަން ވީ ކަމެއްކަން ހަނދާންކުރައްވާށެވެ.

އަޅުގަނޑުމެންނައް އަދިފެނިގެން މިދަނީމާ ރަނގަޅު މަންޒަރުތަކެއްނޫނެވެ. އިއްތިހާދުގައި ދެބަސްވުންއުފެދެން ފަށައިފިއެވެ. އަދިމިއުޅެނީ ހުވާނުކުރެވިއެވެ.

މިކަންކަމައްވިސްނާވަޑައިގެން ސަރުކާރު އެކުލަވާލުމަށް ގިވާލަމެވެ. ނޫނީ އަނެއްކާވެސް ދެވަނަ ގޮޅާބޯއެއް ގެ އަޑު އިވިގެންދާކަށް މާލަހެއްނުވ

Monday, October 27, 2008

އަންނި ދުވަހަކުވެސް ހަރުބަހެއްނުބުނޭބާ...؟



އަންނި މީ ކިހާވަރެއްގެ ތެދުވެރިއެއްބާ..؟
ދިމާއަށް ހާމަވާންހުރިކަންތައް ފޮރުވަންއުޅުން މީ މައުމޫން ކުރާފަދަ ކަންތައް.
ވެރިކަން ލިބިޖޖެނަމަ ޤައުމައް ބޮޑެތި ބަދަލުތަކެއް ގެނެއުމަށް ވައުދުވަމުންދާއިރު ޤައުމުމިވަގުތުމިއޮތީ ވަރަށް ފަޤީރުހާލަތެއްގައެވެ. ދައުލަތުގެ ޙަޒާނާ ހުސްވާން ކައިރިވެފައެވެ. މިފަދަ ދަނޑިވަޅެއްގައި މީގެ ބައްތިރީސް އަހަރުކުރިން ގައުމުގެ އިޤްތިސާދު އޮތޮހާލަތުން ކުރިއެރުވުމަށް އަޅަން ޖެހުނުފިޔަވަޅުތައް ފަދަ ފަގީރު ހާލަތެއްމިއުދުވަނީ ޤައުމަށް ކުރިމަތިވެފައެވެ. ވީމާ މިފަދަ ދަނޑިވަޅެއްގައި އަންނި އަދި މައުމޫންވެސް ވައުދުވަމުންދާ ކަންތައްތައްނުކޮއްދެވޭނެކައް ކަށަވަރެވެ. އަދި އަންނިގެ ތެދުވެރިކަމާމެދު މިއަދު ޝައްކު އުފެދޭ

Saturday, October 25, 2008

ލޮބުވެތި ޒައީމަށް ވެދުން ސަލާމައްފަހުދަންނަވަން

ލޮބުވެތި ޒަޢީމަށް.

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މަނިކުފާނޫއެވެ...! މަނިކުފާނަކީ އަޅުގަނޑު ނުހަނު އިހުތިރާމްކުރާ ވެރިއެކެވެ. އެހެނަސް މިއަދު ތިޔަ ކުރައްވާކަންތަކުން މަނިކުފާނަށް ކުޑާމިސްބަސް ބުނަން އަޅުގަނޑަށް މަޖުބޫރު ވެއްޖެއެވެ.

މަނިކުފާނުގެ ކެމްޕެއިންގައި ތިޔަ ވިދާޅުވާ ބަސްތަކުން ހެއްލެނީ ހޭލުންތެރިކަންކުޑަ ވަރައް މަދުބައެކެވެ. ދީނޭކިޔައިގެން މީހުންގެ ހިތްތަކައް ވެރިގަންނަން މަސައްކަތް ނުކުރާށެވެ...! މަނިކުފާނައް ތިޔަވިދާޅުވެވޭ އެއްޗެއް އަމިއްލަފުޅައް އެބައެނގޭއެއްޔެވެ..؟

ޤައުމުގައި މަސާޖުޕާލާތައްހުޅުވަން ހުއްދަދެއްވާ އެތަންތާ ފާހިޝްއަމަލު ހިނގާކަން އާންމުވީއިރުވެސް ސަރުކާރުއޮތީނިދާފައެވެ. އެކަން ހުއްޓުވީ މަނިކުފާނު ތިޔަ ނުހަނު ވައްކަޅިން ބައްލަވާ ރުޅިފުޅުދުރުވާ އިދިކޮޅުޕާރޓީ ތަކުންނެވެ.

ސަރުކާރުގެ އިސްވަޒީފާތަކުގައި މިހާރުވެސް ފިރިހެންކުޅިފުޅު ކުޅުއްވާ އަދި ކުރިސްޓިއަންދީނައް ލޯބިކުރާފަރާތްތައް އެބަތިއްބެވެ. މިހެންބުނީމާ ވިދާޅުވާނީ ސަރުކާރާއްތިކަން އެންގިފައެއްނެތޭތޯއެވެ..؟ ރަސްމީކޮއް ތިކަން މީހަކު ރިޕޯރޓްކޮއްފައެއް ނެތޭތޯއޭހެއްޔެވެ...؟ ލޮބުވެތި ޒައީމޫއެވެ...! ބަލަ މިކަހަލަކަންތައް ބެލުމަކީ ސަރުކާރުގެ ވާޖިބެކެވެ. މީހަކުއައިސް ބުނަންދެން ނުހުންނަވާ، ސަރުކާރުން މިކަން އަމިއްލަފުޅައް ބައްލަވަން ޖެހޭނެއެވެ.

މިއަދު ސްކޫލްނިންމާކުދިން ހަތީމް އިން ކިޔަވާލަން ނޭންގެއެވެ. މަގުމަތީގައި ޒުވާން އަންހެންކުދިން އެކުދިން އެންމެ ތުއްތުއިރު ލީހެދުންލައިގެން ތަނެއްނިވާނުވިޔަސް ބޮޑުވީމަވެސް އެލައިގެން ޖެހުނުހާތަނެއްގައި ޒީނޭކުރަމުންދާކަން ހަމަނޭންގޭބާއެވެ. މަސްތުވާތަކެތި ފަދަ ޙަރާމްތަކެތި އާއްމުވެއްޖެއެވެ. ވައްކަމާ ފޭރުން ކިޔާނެކަމެއްނެތެވެ. މަނިކުފާނުގެ ގޭކޮޅުވަށައިގެން ފާރަވެރިން ލައްވާ ކާރުކޮޅުގައި ދަތުރުކުރެއްވީމާ މިކަން ނޭންގެނީތޯއްޗެކެވެ. އެކަމް ކަންއޮތީމިހެނެވެ. މަނިކުފާނު ތިޔަވިދާޅލުވާ އިސްލާމްދީނަކީ މީހެއްޔެވެ..؟

ދެންއޮތީ މަނިކުފާނުގެ ވައުދުތައް "އިރާދަކުރެއްވިޔާ" ފުއްދާދޭވާހަކައެވެ. ތިޔަވިދާޅުވާކަންތައްތީ އިރާދަކުރެއްވިޔަސް ނުކުރެއްވިޔަސް ނުވާނެކަންތަކެވެ. ތިގޮތައްވިދާޅުވާތާ ތިރީސް އަހަރުވީއެވެ. މަނިކުފާނުއަޅުގަޑުމެންދަންނަމެވެ. އަޅުގަނޑުވެސް "އިރާދަކުރެއްވިޔ"ާ މަނިކުފާނައް އަންނައަހަރު މައްޗައްއަރަން ހަރުގަނޑެއްދޭނަމެވެ.

ސަރުކާރުގެޒިންމާފުރިހަމަގޮތުގައި އަދާކުރާ، ސަރުކާރުގެ ކަންތައްތައް ޓްރާންސްޕޭރެެންޓް ގޮތެއްގައި އާންމުންނައް އަންގަދީ ކަންކަން އިސްލާޙްކުރަން މަސައްކަތްކުރާފަރާތްތައް ވަޒީފާއިންވަކިކޮއް އެމީހުން ބޭކާރުކޮއްލުމަކީ މިއްދުމަނިކުފާނު ކުރައްވާކަންތަކެވެ. މަނިކުފާނު ބޭނުންފުޅުވާގޮތަށް ބޭންނުންފުޅުވާފަރާތްތަކަށް ފައިދާވާގޮތައް ކަންނުކުރާމީހުންނަކީ ސަރުކާރުގެ ވަޒީފާފުރިހަމައަށް އަދާނުކުރާފަރާތްތައް ހެއްޔެވެ...؟ ސަރުކާރުވާންވާނީ މުޅިމުޖުތަމަޢުއަށް އެއްވަރަކައް އަޅާލާ އެންމެންގެ ބޭނުންތައް ފުއްދަދޭބަޔަކަށެވެ.

ތިގޮތަތް އުސްމިނައް ނުގެންދަވާށެވެ. މިހާރު އޮތްހާލުގައިވެސް އަޅުގަނޑުމެންނަށް ކެއްވަނީކިރިޔާއެވެ. ދެންއަދި މިއައްވުރެ އުސްމިނައްގޮއްސިޔާ ދެން އުޅުމައްދަތިވާނެއެވެ. ޤައުމުގައި ކެއްވާނީ މަނިކުފާނުފަދަ ހަށިފާރަވެރިންގިނަ މަނިކުފާނު ހިތްރުހޭބަޔަކައް އެކަނިއެވެ. ތިގޮތަށް އުސްމިނަށް ނުގެންދަވާށެވެ. ހެޔޮނުވާނެއެވެ. ފައިބާށެވެ...! ނޫނީ މަނިކުފާނު ނެތްދުނިޔެ އެއްގައި ދިވެހިރާއްޖޭގެ މައުމޫނުކަމައް ދެންއިސްވާ ވެރިޔަކައްވެސް ގައުމު އިސްލާހުކޮއް ހަމަބިމައް ކަންތައްތައް ތިރިކުރަން ވަރައް އުނދަގޫވާނެއެވެ.

ވީމަ އަޅުގަނޑުގެ ފަހު ނަސޭހަތެއްގެގޮތުން ދަންނަވާހިތްއޮތީ، ލޮބުވެތި ޒައީމޫއެވެ...! މަނިކުފާނު ނޭރޭހިސާބު އުސްމިނަށް އަރުއްވަން ނޫޅުއްވާށެވެ. ތިމާމިހާރު ތިހުހުންނަވަނީ މުސްކުޅިފުޅުވެފައެވެ. އަރިހުގައި މަނިކުފާނު މައްޗައް އުފުއްލަވަންވެސް ތިބީމުސްކުޅިފުޅުބޭފުޅުންނެވެ. އެބޭފުޅުންނަކަށްވެސް ތިކަމެއްނުވާނެއެވެ. ވީމާ، ތިމާއަށް ނޭރޭހިސާބު އުސްމިނަށް އަރުއްވަން އުޅުއްވަނިކޮއް އަމިއްލަފުޅަށް ވެއްޓިވަޑައިގެން މަނިކުފާނުގެ ތަންގަނޑަކަށާއި ޤައިމައް ބޮޑުގެއްލުމެއް ނުލިބެނިސް އަވަހަށް ފައިބާށެވެ. މަނިކުފާނަށްވުރެ މާ މައްޗައް މާހަލުވިކަމާއެކު އެރުއްވޭނެ ޒުވާން، ކަމައްޤާބިލު، ސިޔާސީ އަދި އިޤްތިޞާދު ރަނގަޅައް ދަންނަ ޒުވާނުން މިއަދު ޤައުމުގައި އެބަ ތިއްބެވި އެވެ. އެބޭފުޅުއް މައްޗަށް އަރާލެއް ވެސް އަވަސްވާނެއެވެ. ޒުވާނުންނައް ފުރުސަތު ދެއްވާފައި ފައބާވަޑައިގަންނަވާށެވެ.

އިޙްތިރާމް ޤަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް އެންމެ ރަނގަޅެވެ.

25 އޮކްޓޯބަރ 2008

މަނިކުފާނަށްހެޔޮއެދޭ

(ސޮއި)

Friday, October 24, 2008

ލޮބުވެތިޒައީމް އަނެއްކާވެސް ފަލީހަތް ވެއްޖެ

ފުރަތަމަ ބައި

ދެވަނަބައި



އަމިއްލަ ގެދޮރު ރަށުގަ ހުއްޓަވެސް މާލެއައިސް މީހުން ތޮއްޖެހެނީ ކީވެކަމެއް ނޭންގެ" މައުމޫން (ލޮބުވެތި ޒައީމް)
މަނިކުފާނައް އިނގިނުލައްވާބާ ހަމަ ރާއްޖެތެރޭމީހުން މާލެ އައިސް ދަތިހާލުގައި އުޅެނީ ކީވެކަމެއް...؟ ތިމާއާ ތިމާގެ ދަރިން ގަނޑުވަރުގައި އުޅުއްވުމުން އެންމީހުންއުޅޭ ހާލެއް ނޭންގޭނެ. މާލެއިން ލިބެންހުންނަ ވަސީލަތްތައް ރާއްޖެތެރެއިން ލިބޭނަމަ ލޯބިވާ ފަސްގަންޑުދޫކޮށް މަލޭގެ ބޭފުޅުންނަށް އަޅުމަސައްކަތް ކޮއްދޭން ރާއްޖެތެރޭ މީހުން ނާންނާނެ. ލިބޭ ހުރިހާ ފައިސާއެއް ކުދަގޮޅިއެއްވަރު ކޮޓަރިއަކައް ހަރަދުކޮއްގެން މާލެއަކު ނުތިބޭނެ. ލޮބުވެތި ޒައީމަށް މިކަން އެނގިނުލައްވަނީބާ..؟ ނޫނީ އެނގިހުރެ ނޭންގޭކަމަށް ހަދަނީބާ..؟ މިފަދަވެރިޔަކު އުސްމިނަށް އަރާނީ ކިހިނެއް..؟

Thursday, October 23, 2008

Test post


ޤައުމުގެރިތިކަމާ މުއްސަނދިކަން ދެމެހެއްޓޭނީ ދިވެހިންނީ ދިވެހިޤައުމުދެކެލޯބިވާ ބަޔަކައްވެގެން.
"ޤައުމުތިމާއަށް ކަމެއްކޮއްދޭނީ ތިމާ ޤައުމަށް ކޮށްދޭކަމަކުން" އޒ

ޤައުމުގެ ހާލަތު